އައިފޯން 12 ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކަކުން 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ އައިފޯން 12 ގެންގުޅޭ ކަސްޓަމަރުން 5ޖީ ގެ ޚިދުމަތް ހޯދުމަށް އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން ހިދުމަތްލިބިގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވާކަމަށް އުރީދޫން ވަނީ ބުނެފައެވެ.

5ޖީ ޓެކްނޮލޮޖީ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. ގެންގުޅޭ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިވަޑައިގަތުމާއިއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަންކަން ކޮށްލެވޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

5ޖީ ގެ ޙިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ބުނީ އައިފޯން 12 ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޯނުތަކެއް އިންސްޓާލްމަންޓްއަށް ނަންގަވަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސަލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.