ކާމިޔާބު ލޯބީގެ އެކްޝަން ފިލްމު "ކަބީރް ސިންގް" ގެ ޕްރޮޑިއުސަރު މުރާދް ޚެތާނީ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމީ ޕްރޮޖެކްޓް "ތަޅަމް" އުފައްދަން އުޅޭކަމަށް އެނައުންސް ކޮށްފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެތެރޭ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގައި މެއިން ލީޑްއިން ފެނިގެންދާނެކަމަށް މީގެކުރިން ބުނެފައިވަނީ އެކްޓަރު ސިދާތް މަލްހޯތްރާއެވެ.

އެހެންނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސިދާތުގެ ބަދަލުގައި ފިލްމުން ފެނިގެންދާނީ އެކްޓަރު އަދިތްޔާ ރޯއި ކަޕޫރެވެ.

ބަތަލާގެ ގޮތުގައި މްރޫނަލް ތާކުރް ފެނިގެންދާ މިފިލްމްގެ ޓީމާ ސިދާތް ވަކިވެފައިވާކަމަށް މިއަހަރުގެ ކުރީކޮޅުގައި ބުނެފައިވާއިރު ފިލްމުގެ މަސައްކަތާބެހޭ މާބޮޑު ތަފްސީލެއް އޭގެފަހުން އެއްވެސް ފަރާތަކުން ދީފައެއް ނުވެއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އަދިތްޔާ ރޯއި ކަޕޫރް ޑަބަލް ރޯލްއިން ފެނިގެންދާ ފުރަތަމަ ފިލްމު "ތަޅަމް" ކުޅުމާ ދޭތެރޭ އޭނާވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމާއެކު މަޝްވަރާ ކޮށްފައެވެ.

އެކްޝަން ސީޏްތަކުން ފުރިފައިވާ މިފިލްމަކީ ބަތަލާ މްރޫނަލް އާއެކު އަދިތްޔާ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މިވަގުތު އަދިތްޔާ އަވަދި ނެތި އުޅެމުންދަނީ އަހްމަދު ޚާންއާއެކު ފިލްމު "އޯމް" ގެ މަސައްކަތުގައެވެ.

ބެލެވޭޣޮތުގައި ފިލްމު "އޯމް" ގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފިލްމު "ތަޅަމް" ގެ މަސައްކަތަށް އަދިތްޔާ ތައްޔާރުވެ މިއަހަރުގެތެރޭ ފިލްމުގެ މަސައްކަތް ފަށާނެއެވެ.

އެކްޓަރު އަދިތްޔާ އެންމެފަހުން ފެނިފައިވަނީ 2020 ވަނަ އަހަރު ރިލީޒްވެފައިވާ ފިލްމު "މަލަންގް"، "ސަޅަކް" އަދި "ލޫޑޯ" އިންނެވެ.

ފިލްމް "ތަޅަމް" ގެ ބަތަލާ މްރޫނަލްގެ ފިލްމީ ކެރިއަރަށް ބަލާއިރު މިވަގުތު ހިންދީ ސިނަމާގައިހުރި އެންމެ ކާމިޔާބު ޒުވާން އެއްބަތަލާ އެންމެފަހުން ފެނިފައިވަނީ ނެޓްފްލިކްސްގެ ފިލްމު "ގޯސްޓް ސްޓޯރީޒް" އިންނެވެ.

އޭނާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު އެކްޓަރު ފަރްޚާން އަޚްތަރްއާއެކު ކުޅޭ ފިލްމު "ތޫފާން"، އެކްޓަރު ޝާހިދު ކަޕޫރްއާއެކު ކުޅޭ ފިލްމު "ޖާރޒީ" ހިމެނެއެވެ.