ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާކޮޅު ލިބުން ނުވަތަ، ޑޭޓާ ރޯލް އޯވަރގެ ޚިދުމަތް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށް، މިރޭ 12ގެ ފަހުން ކަސްޓަމަރުންނަސް އެ ހިދުމަތް ލިބޭނެއެވެ.

މި ޚިދުމަތާއި އެކު 600 އިން މަތީގެ ޕްލޭންސްތައް ގެންގުޅޭ އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެއެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، އޭޕްރިލް 2021އިން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އާއި މަތީގެ ޕްލޭންތަކަށް މި ޙިދުމަތް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އެގޮތުން ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސްގެ ގޮތުގައި ނަގާފައިވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސްވެސް ރޯލް އޯވަރގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

600 އަދ 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާނީ 30ޖީބީ ކަމަށާއި، 1000 އިން މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާނީ 200ޖީބީ އެވެ.

މި ހިދުމަތާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއްކަމަށެވެ.

އެގޮތުގެ މަތިން އަލަށް ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއި އެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެކަމަށެވެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިގޮތުން ދާދި ފަހުން އެކުންފުނިން ވަނީ، އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސް ބޮޑުތަން އިތުރުވެފައިވުމާއެކު އުރީދޫއިންވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް 5ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަނެޓް ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ.