މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ މިއަދުގެ މެޗުތަކުން ފްރެންޑްސް އޮފް މޯލްޑިވްސް އާއި ދިރްހަމް އިން މޮޅުވެއްޖެއެވެ.

އެގޮތުން މާލޭ ކުޅިވަރު އެކުވެނި ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން އޭޖީ މެލްކޯ އެލިވޭޓަރ މޯލްޑިވްސް އަތުން ފްރެންޑްސް އޮފް މޯލްޑިވްސް މޮޅުވީ 132 ލަނޑުންނެވެ،

މެޗުގައި ފުރަތަމަ ކުޅެންއަރާ ފްރެންޑްސް އޮފ މޯލްޑިވްސް އިން 8 އޯވަރުގެ ތެރޭ އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 177 ލަނޑު ހަދާފައެވެ. އެގޮތުން އެޓީމުގެ ސިރިދަރު 31 ލަނޑު ހެދިއިރު ރޮޑްރިގޯ ވަނީ 34 ލަނޑު އަދި ޖަޔަވީރަ ވަނީ 35 ލަނޑު ހަދާފައެވެ.

ޖަވާބުގައި މެލްކޯ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ އެންމެ 45 ލަނޑެވެ. ފްރެންޑްސް އޮފް މޯލްޑިވްސްގެ ޖަވަވީރު ވަނީ ދެ ވިކެޓު ނަގާފައެވެ.

މީގެއިތުރުން މިއަދު ކުޅުނު ދެވަނަ މެޗުގައި މާލޭ ވޮރިޔާސްއާއި ވާދަކޮށް ދިރުހަމް މެޗު ކާމިޔާބުކުރީ 27 ލަނޑުންއެވެ. މެޗުގައި ދިރުހަމް އިން ކުޅެންއަރާ 8 އޯވަރުން 4 ކުޅުންތެރިން ނުބައިވެގެން 117 ލަނޑު ހެދިއިރު އެޓީމުގެ ޖަސިމް އުޑިން ވަނީ 35 ލަނޑު ހަދާފައެވެ. ޖަވާބުގައި މާލޭ ވޮރިޔާސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 90 ލަނޑެވެ. އޭގެތެރެއިން އެޓީމުގެ މުހަންމަދު ކަސްރު ވަނީ 31 ލަނޑު ހަދާފައެވެ.

ފޯރިގަދަ މި މުބާރާތުގެ ދެ މެޗެއް ހޯމަދުވަުވެސް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ފުރަތަމަ މެޗްގައި ލަންކާ ޑީސަލްއާއި ސިލިންކޯ ވާދަކުރާއިރު ދެވަނަ މެޗްގައި ބައްދަލުކުރާނީ އެމްޓީސީސީގެ ބީ ޓީމާއި އިކްވިލަންޓްގެ ޓީމެވެ.