ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހަދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10:04 ގައި ރިޕޯޓް ލިބުނު މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު އެތަނުގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރުއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.