އެމެރިކާގެ ސިޓީއެއްކަމުގައިވާ އިލިނޯއީގައި އުމުރުން 12 އަހަރުގެ ފިރިހެން ކުޑަ ކުއްޖެއް ވެންޓިލޭޓަރެއް ހަދައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުންއަށްލައި ކާފިއު އިއުޅާނުކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އެއް ބަޔަކު ފޫހިވެ، މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކުގައި ހަރަކާތްތެރިވިއެވެ.

ނަމަވެސް ގްރޭޑް 7 ގައި ތައުލީމު ހާޞިލްކުރަމުން ގެންދާ އެންތޮނީ ހާޓްމަން ނަމަކަށް ކިޔުނު މި ކުއްޖާ ނިންމީ ކޮވިޑުގެ ސިއްހީ ނުރައްކަލުގެ މި ދަނޑިވަޅާއި ގުޅޭ، އަދި ބޭނުންހިފޭ އެއްޗެއް ހެދުމަށެވެ.

ހާޓްމަން ބުނީ އޭނާ މި ވެންޓިލޭޓަރު ހެދީ، މިދަނޑިވަޅުގައި އެކި ގައުމުތަކުން ވެންޓިލޭޓަރު ނެތުމުން، އެހިދުމަތް ގާއިމުކުރުމަށްޓަކައި އެކި މީހުން ވަކި ގޮތަކަށް ވެންޓިލޭޓަރު ހެދުމަށް ކޮށްފައިވާ މަސައްކަތްތަކަށް ނަކަލުކޮށް މުހިންމު މައުލޫމާތު ބޭނުންކޮށްގެންކަމަށެވެ.

ހެޔޮ އަގުގައި މަދު އެއްޗެއް ބޭނުންކޮށްގެން އެކި ޔުނިވާރސިޓީތަކުން ވެންޓިލޭޓަރު ހަދާކަން އަޅުގަނޑަށް ފާހަގަވި. އަޅުގަނޑުވެސް ބޭނުންވީ އެފަދައިން ހެޔޮ އަގުގައި މަދު އެއްޗެއް ބޭނުންކޮށްގެން ވެންޓިލޭޓަރެއް ހަދަން. އެކަމަކު އަޅުގަނޑުގެ އަމިއްލަ އުފެއްދުންތެރިކަމާއިއެކު، އެއީ ވެންޓިލޭޓަރު ހެދުމަށް ބޭނުންކުރާނީ އެހެނިހެން ވަސީލަތުގެ ބަދަލުގައި ލެގޯ
އެންތޮނީ ހާޓްމަން

މިގޮތުން ވެންޓިލޭޓަރު އިންނަ ގޮތަށް ކުދި ލެގޯގެ ޒަރިއްޔާއިން ހާޓްމަން އޭނާ ވެންޓިލޭޓަރުގެ ޑިޒައިން ފަރުމާ ކުރިއެވެ.

މި ވެންޓިލޭޓަރު ފަރުމާކުރެވިފައިވަނީ ސިއްހީ ހާލަތުގައި ބޭނުންކުރެވޭފަދަ ވެންޓިލޭޓަރަކާއި އެއްފަދައިން ކަމަށްބުނެ، އެންތޮނީ ބުނީ އޭނާ ބޭނުންވަނީ މި ވެންޓިލޭޓަރަކީ މިފަދަ ބަލިމަޑުކަމެއްގައި ބޭނުން ކުރެވޭ އެއްޗަކަށް ވުމެވެ. އަދި ސިއްހީ ހިދުމަތްތައް ނުލިބޭ ސަރަހައްދުތަކުގައި ސިއްހީ މާހިރުންނަށް މި ވެންޓިލޭޓަރުގެ އެހީގައި ގިނަ ބަޔަކަށް ފަރުވާ ކުރެވުމަކީވެސް އޭނާ ބޭނުންވާ ކަމެއް ކަމަށް އެންތޮނީ ވަނީ ބުނެފައެވެ.