އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އަތޮޅު ކްލަސްޓަރގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ އައްޑޫ ސިޓީން އަލަށް ޕޮޒިިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއަތޮޅު ފޭދޫއިން ޕޮޒިޓިވްވި 3 މީހަކާއި، ހުޅުދޫ މީދޫއިން ޕޮޒިޓިވްވި 7 މީހެއް ކަމަށެވެ.

އައްޑޫގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ހިތަދޫއިން ޖުމްލަ 18 މީހަކާއި، އެއަތޮޅު ފޭދޫއިން 5 މީހަކު ހިމެނޭއިރު، އެއަތޮޅުގައި ހިންގާ ޝަންގްރިއްލާ ރިސޯޓުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، ހުޅުދޫ މީދޫއިން ޕޮޒިޓިވްވި 33 މީހަކު ހިމެނޭކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 151 މީހަކު ހިމެނޭކަމަށާއި، ހުޅުދޫ މީދޫއިން 155 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭކަމަށް މައުރޫފް ވިދާޅުވިއެވެ.

މިއާއި އެކު އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 57 އަކަށް އަރާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެއިތުރުން ފުވައްމުލައް ސިޓީން މިއަދު 7 މީހަކު އަލަށް ޕޮޒިޓިވްވުމާއެކު، އެކްޓިވް ކޭސްގެ އަދަދު ވަނީ 27 އަށް އަރާފައެވެ.

މިހާތަނަށް ފުވައްމުލަކުން 94 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާއި، މީގެތެރެއިން 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އަދި މިހާތަނަށް 9706 ސާމްޕަލެއް ފުވައްމުލަކުން ވަނީ ނަގާފައެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑުގެ ގިނަ ކޭސްތަކެއް މާލެއާއި އަތޮޅުތަކުން ފެނިފައިވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭ 4،507 ށަމްޕަލެއް ޓެސްޓުކޮށްގެން 1،091 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަދި އެކްޓިވް ކޭސަސްގެ އަދަދު 9،423 އަށް އަރާފައިވާއިރު، މީގެތެރެއިން 250 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ