މާސްކު ނާޅާ މަގުމަތީގައި އުޅުމުގެ ސަބަބުން މާލެ ސަރަހަށްދުން 141 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ، ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހަށްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ.

މަބްރޫކް ވިދާޅުވީ، މާސްކު ނާޅާ މަގުމަތީގައި އުޅެގެން އިއްޔެ އެކަނިވެސް 141 މީހެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ކާފިއު ގަޑިތަކުގައި ބޭރުގައި އުޅެގެން 161 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށާއި، ކާފިއު ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 10 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެޗްޕީއޭގެ ފަރާތުން ކުރިއަށްގެންދާ މާސް އިންސްޕެކްޝަން ގެސްޓްހައުސްތަކުގައި ހިންގައި، 65 ގެސްޓްހައުސްއެއް އިންސްޕެކްޓްކޮށްފައިވާކަމަށެވެ.

މީގެތެރެއިން ގައިޑަލައިނާ ހިލާފުވި އެއް ގެސްޓްހައުސްއެއް ފާހަގަކުރެވުނުކަމަށާއި، އެތަނުން ފާހަގަކުރެވުނު މަސައްސަލަތައް ދެ ގަޑިއިރުގެ ތެރޭގައި ހައްލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއަށް އަންގާފައިވާނެކަމަށެވެ. އަދި އެކަންކަން ރަނގަޅު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަން އަންގާފައިވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މަބްރޫކް ވިދާޅުވީ ވިޔަފާރިކުރާ 40 ތަނެއްވެސް ބަލައި ފާސްކޮށް، 25 ތަނެއް ގަައިޑްލައިނާ އެއްގޮތަށް މަސައްކަތްކުރާކަކަން ފާހަަގަވެފައިވަކަމަށެވެ. 15 ތަނެއް ގައި ރަނގަޅުކުރަންޖެހެ ކަންކަން ކުރިކަން ފާހަގަކުރެވިގެން އެކަންކަން ރަގަޅުކުރުމަށް މިހާރު އަންގާފައިވާނެކަަމަށާއި، އެގޮތަށް އެކަން ނުކޮށްފިނަމަ ޖޫރިމަނާ ކުރާނެކަން އަންގާފައިވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، އެޗްޕީއޭއިން މިހާރު މަސައްކަތް ކުުރަމުން އަންނަނީ އެޗްޕީއޭގެ ކޯލް ސެންޓަރުގެ މަަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯން ކޯލްތައް ނަގާ އަދަދުތައް އިތުރުކޮށް، މުވައްޒަފުންވެސް އިތުރުރުމަށްކަމަށެވެ.

އެގޮތުން މިމަހުގެ 3 ނުވަތަ 2 ވަނަ ދުވަހު ކޯލަތައް ނެގިފައިވަނީ 67 އިންސައްތަ ހިސާބުގައިކަމަށާއި، އެހެންނަމަވެސް ސްޓާފުން އިތުރުކުރެވި މިހާރު 93 އިންސައްތަ ހިސާބުގައި ފޯންކޯލް ޖަވާބުދެވިފައި ހުންނަކަމަށް މަބްރޫކް ވިދާޅުވިއެެވެ.