ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި "ވިޗަރ" ޑްރާމާ ސީރީޒްގެ ދެވަނަ ސީޒަން މިއަހަރުގެ ފަހުކޮޅު ނެރުމަށް ހަމަޖެހިއްޖެއެވެ.

ވިޗަރގެ ދެވަނަ ސީޒަންގެ ޝޫޓިންގ މިދިޔަމަހު ނިންމާފައިވާއިރު، ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުން ދަނީ މިއަހަރުގެ ފަހުކޮޅު މި ސީރީޒް ނެރުމަށް ތައްޔާރުވަމުންނެވެ.

ވިޗަރގެ ދެވަނަ ސީޒަން ބޮޑަށް އަމާޒުކުރެވިފައިވަނީ ވިޗަރ އާއި އޭނާގެ ދަރިފުޅު "ސިރީ" އެކުގައި އެކި އުނދަގޫތަކާއި ކުރިމަތިލާ ހާދިސާތަކުގެ މައްޗަށެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ވިޗަރގެ ޓްރެއިލަރ ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރާއި، ކާސްޓުން މައުލޫމާތު ދެއެވެ.

ދެވަނަ ސީޒަންގެ ޝޫޓިން އެއްކޮށް ނިމިފައިވާއިރު، ރިލީޒްކުރުމުގެ ކުރިން ކާސްޓުން ވަނީ ފިލްމުގައިވާ ބައެއް މަންޒަރުތަކުގެ ބައެއް ފޮޓޯ ބެލުންތެރިންނާއި ހިއްސާކޮށްފައެވެ.

ވިޗަރއަކީ ފެންޓެސީ ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑްރާމާ ސީރީޒްއެކެވެ.

މި ޑްރާމާގެ ފުރަތަމަ ބައި އެންމެ ފުރަތަމަ ރިލީޒްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ރިލީޒްވުމާއިއެކު ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ވިޗަރ ޑްރާމާ ސރީޒްއަކީ ދިވެހީންގެ ތެރޭގައިވެސް މަޤްބޫލުކަން ހޯދި ސީރީޒްއަކަށް ވަނީ ވެފައެވެ.