16 ފަޅުރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް، ޓުއަރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ބީލަށް ހުށައެޅުމުގެ ފުރުސަތު ޓުއަރިޒަމް މިނިސްޓްޜީން ހުޅުވަލާފައި އޮތީ، މި މަހުގެ 10 ވަނަ ދުވަހުގެެ ނިޔަލަށެވެ. އެހެންނަމަވެސް ބީލަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މަހުގެ 24 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި ބަދަލ ގެނައީ، ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އިންވެސްޓަރުންނަށް ދަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި، ބޯޑަރު ބަންދުކުރުން ފަދަ ކަންތައްތަކުގެ ސަބަބުންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަން ކުރުމަށް ދޫކުރާ ރަށްތައް:

 • ހއ. ވެލިފިނޮޅު
 • ހއ. އަލިދުއްފަރުފިނޮޅު
 • ހއ. ކުޑަފަރުފަސްގަނޑު
 • މ. ސީދީހުރާ
 • މ. މާއުސްފުށި
 • ތ. ކާއްޑޫ
 • ތ. ކަނިމީދޫ
 • ތ. އޮޅުފުށި
 • ލ. ކަށިދޫ
 • ލ. ބޮޑުމުންޏަފުށި
 • ލ. ދޮންބެހެރާ، އަދި ހޮޅުރަހާ
 • ގއ. މާރެހާ
 • ގއ. ފުނަދޫވިލިގިއްލާ
 • ގދ. ކަނޑަހަލަގަލާ
 • ގދ. ކަޑެވާހެރާ
 • ގދ. ފެރޭތަވިލިގިއްލާ

މިކަމަށް ށައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެެހޭ އެޕްލިކޭޝަން ފޯމް، އުޓަރިޒަމް މިނިސްޓްރީގެ ވެބްސައިޓް، (www.tourism.gov.mv) އިން ލިބެން ހުންނާނެއެވެ.

ބީލަން ފޮތް ލިބޭނީ 20 ޖޫން ގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުނެއެވެ.