މިދިޔަ މެއިމަހު ރާއްޖެ ޒިޔާރަތްކުރީ 64،613 ފަތުރުވެރިންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު 109،585 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެމަހު 96،882 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ޖެނުއަރީ މަހު 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މީގެއިތުރުން އޭޕްރިލް މަހު 91،200 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިދިޔަ މާޗް މަހު ޒިޔާރަތް ކޮށްފައިވަނީ 64،613 ފަތުރުވެރިންނެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 454،383 އަށް އަރާފައެެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 382،816 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ، 749،114 ފަތުރުވެރިންނެެވެ.

މިއަހަރުގެ މިހާތަނަށް ޒިޔާރަަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ވަނީ 23.3 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

އިންޑިއާއިން 19.7 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ޖަރުމަނުވިލާތުން 5.5 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިން އާއި، ކަޒަކިސްތާނުން 3.7 އިންސައްތަ ފަތުރުވެރިން އަދި، އިގިރޭސިވިލާތުން 3.5 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު، ފަތުރުވެެރިންނަށް ހިދުމަތްދޭ 728 ތަނެއް ހުޅުވާލާފައި ވާއިރު، މީގެތެރޭގައި ހިމެނެނީ 154 ރިސޯޓާއި، 425 ގެސްޓްހައުސްގެ އިތުރުން 139 ސަފާރީއާއި، 10 ހޮޓަލެވެ. މިއީ 47،452 ބެޑް ކެޕޭސިޓީއެވެ.

ޓުއަރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ، މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.