މިދިޔަ މެއިމަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ، ވެލާ ޕްރައިވެޓް އައިލެންޑުންކަމަށް، ރިސޯޓް ވޯކާސް މޯލްޑިވްސްއިން ބުނެފިއެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްއިން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މިދިޔަމަހު އެންމެ ބޮޑު ސާވިސް ޗާޖު ދިން ވެލާ ރިސޯޓުން 1،660.03 ޑޮލަރު ދީފައި ވެއެވެ. އެއީ 25،597.66 ދިވެހި ރުފިޔާއެވެ.

ދެން އެންމެ ބޮދު ސާވިސް ޗާޖެއް ދީފައިވަނީ، ވޯލްޑޯފް އެސްޓޯރިއާ އިތާފުށިންނެވެ. އެރިސޯޓުން 1،486.33 ޑޮލަރު ނުވަތަ، 22،919.20 ރުފިޔާ ދީފައިވެއެވެ.

ޝެވަލް ބްލަންކް ރަންދެލިން 1،380.31 ޑޮލަރު ނުވަތަ 21،284.38 ރުފިޔާ ދީފައިވާއިރު، ޖޯލި މޯލްޑިވްސްއިން 1،141.31 ޑޮލަރު ނުވަތަ 17،599.02 ރުފިޔާ ދީފައިވެއެވެ.

މީގެ އިތުރުން ދަ ނޯޓިލަސް މޯލްޑިވްސް އިން 1،060.91 ޑޮލަރު ނުތަވަ 16،395.23 ރުފިޔާ އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ސާވިސް ޗާޖަށް 1،050 ޑޮލަރު ނުވަތަ 16،191 ރުފިޔާ ދީފައިވެއެވެ.

ދެން އެންމެ ބޮޑު ސާވީސް ޖާޗެއް ދިން ރިސޯޓްތައް:

  • ވައްކަރު މޯލްޑިވްސް - 848.98 ޑޮލަރު (13،091.27)
  • ކޯމޯ މާލިފުށި - 783.93 ޑޮލަރު (12،088.20)
  • އަންނަތާރާ ކިހާވަށް މޯލްޑިވްސް - 728.03 ޑޮލަރު (11،226.22)
  • ރޮބިންސަން ކްލަބް ނޫނު - 717.15 ޑޮލަރު (11،058.45)
  • ރަފަލް - 700.15 ޑޮލަރު (10،795.31)
  • ނިޔާމަ ޕްރައިވެޓް އައިލެންޑް - 677.99 ޑޮލަރު (10،454.60)

ރިސޯޓް ވޯކާސް މޯލްޑިވްސްގެ ލިސްޓަށް ބަލާއިރު، އެންމެ ކުޑަ އަދަދެއް ސާވިސް ޗާޖަށް ދީފައިވަނީ ޖޭއޭ މަނަފަރުންނެވެ. އެރިސޯޓުން ދީފައިވަނީ 150 ޑޮލަރު ނުވަތަ 2313 ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މެއިމަހު ރާއްޖެ ޒިޔާރަތްކުރީ 64،613 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 454،383 އަށް އަރާފައެެވެ.