ފައިނޭންސިންގ ހޯދުމުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެއެވެ. އަދި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އަލަށް ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައިކަމަށް ޓިމް ވިދާޅުވިއެވެ.

އޮންލައިންކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ.

އެގޮތުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް އެދި ހުށަހެޅޭނެއެވެ.