މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫރޯ 2020 އާއި ދިމާކޮށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ފަރާތުން ޕްރޮޖެކްޓަރތަކެއް ދޫކުރުމަށް ނިންމައިފިއެވެ.

މި ޕްރޮޖެކްޓަރުތަކަކީ ޗައިނާ އެއިޑްގެ ދަށުން ލިބިފައިވައިވާ އެއްޗެއް ކަމަށް މިނިސްޓްރީގެ ފަރާތުން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮޖެކްޓަރުތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މިނިސްޓްްރީގެ އީމެއިލްއެއް ކަމަށްވާ [email protected] އަށް ފޮނުވުމަށެވެ. އަދި ޕްރޮޖެކްޓަރުތައް ހޯދުމުގެ ފުރުސަތު ކްލަބް ޖަމްއިއްޔާ ތަކަށް ލިބޭކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރު ކުޅޭ ޔޫރޯ މުބާރާތަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކުރެވުނު މުބާރާތެކެވެ. އެހެންނަމަވެސް މިދިޔަ އަހަރު މި މުބާރާތް ނުބޭއްވުނީ ދުނިޔޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ.