ގުދުރަތީގޮތުން ވަކި ވަކި ޖަޒީރާ ރައްތަކެއްގެ ގޮތުގައި އުފެދިފައިވުމުން ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެގޮތުގައި އިޝްތިހާރުކުރުމަށް އެމެރިކާގެ ނޫސްވެރިންތަކެއް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

9 އިން 16 ޖޫންގެ ނިޔަލަށް ކުރިއަށްދާ މިހަރަކާތަކީ ވިޒިޓް މޯލްޑިވްސްއިން އެމެރިކާ މާކެޓަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ފުރުތަމަ ފެމިލިއަރައިޒޭޝަން ޓްރިޕްއެވެ. ނޫސްވެރިންގެ މިދަތުރުގައި ދިވެހިރާއްޖޭގައި ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ހަރުދަނާ ސިއްޙީ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިދަތުރުގައި ނޫސްވެރިން ހުރުމަށް ހަމަޖެހިފައިވަނީ ރޮބިންސަން ކްލަބް ނޫނު، ލަކްސް ނޯތު މާލެ އެޓޯލް އަދި ކުރަމަތި މޯލްޑިވްސްގައެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ފަތުރުވެރިންނަށް ކުރެވޭނެ ލަގްޒަރީ ތަޖުރިބާތަކުގެ ލިޔުންތައް ޝާއިރުކުރުމަށް ވަނީހަމަޖެހިފައެވެ.

މި ލިޔުންތައް ނެރޭ މީޑިއާތަކުގެ ތެރޭގައި ޓްރެވެލް އެންޑް ލެޝަރ، ޓްރިޕް ސެވީ.ކޮމް، ފޯބްސް، އިންސައިޑަރ ޓްރެވެލް، އެލްއޭ ސްޓައިލް، ސިޓިޒެންފެމްކޮމް، ޓްރެވެލް އޭޖް ވެސްޓް އަދި ޓްރެވެލް ޕަލްސް ހިމެނެއެވެ. ޖުމްލަ 500،00 ޕްރިންޓް މީޑިއާގެ ކިޔުންތެރިންގެ އިތުރުން އޮންލައިން ޗެނެލް ތަކުގައި 78 މިިިލިއަނަށްވުރެ ގިނަ މީހުންނާއި ހަމައަށް ދިވެހިރާއްޖޭގެ މިތަޖުރިބާތަށް ފޯރާނެ ކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ޓްރިޕްއަކީ ވިޒިޓް މޯލްޑިވްސްއިން އެމެރިކާ މާކެޓަށް ދިވެހިރާއްޖެ ފުޅާކޮށް އިޝްތިހާރުކޮށް އެކި ސެގްމެންޓުތަކުގެ ތަޖުރިބާތަށް ދައްކުވާލާދޭ ސްޓްރެޓެޖީތަކުގެ ތެރެއިން ހިމެނޭ އެއް ހަރަކާތެވެ. މި މާކޭޓަށް އިތުރު އެހެން ހަރަކާތްތަށްވެސް ރޭވިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މީގެތެރެއިން އިންފްލުއެންސަރ ފެމް ޓްރިފްތަކާއި، ޖޮއިންޓް މާކެޓިންގް ކެމްޕޭން، ވަރޗުއަލް ރޯޑް ޝޯ، ވެބިނާ އަދި ވަރޗުއަލް އަދި ފިޒިކަލް ފެއާތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. ފިޒިކަލް ފެއާތަކުގެ ތެރެއިން މިއަންނަ މަހު ބޭއްވުމަށް ރާވާފައިވާ އަލްޓްރާ ސަމިޓްގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔައަހަރު މި މާކެޓުއިން 19،759 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔައަހަރު ދިވެހިރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީވެސް އެމެރިކާއިންނެވެ. މިއަހަރުގެ މިހާތަކަށް އެމެރިކާ މާކެޓުން، 15،914 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.