މި މަހުގެ 9 އަކުން 10ގެ ނިޔަލަށް ކުރިއަށްދާ ޓްރެވެލް މީޓް އޭޝިޔާގެ ތިންވަނަ ވާރޗުއަލް އިވެންޓް, މައިސް އެންޑް ކޯޕަރޭޓް ވާޗުއަލް ރޯޑް ޝޯގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެެވެ.

އައިޓީބީ އޭޝިޔާގެ ފަރާތުން ބާއްވާ ޓްރެވެލް މީޓް އޭޝިޔާ އަކީ މި އަހަރު އެކި މަސްތަކަށް ބަހާލައިގެން އޭޝިޔާ މާކެޓަށް ހާއްސަކޮށްގެން ބާއްވާ ވާޗުއަލް ރޯޑް ޝޯ ތަކެކެވެ. އޭޝިޔާގެ ބިސްނަސް ޓްރެވެލް މާކެޓް ހަލުވިކަމާއި އެކު ކުރިއަރަމުންދާއިރު, މި ރޯޑްޝޯގެ ސަބަބުން، މައިސް އަދި ކޯޕަރޭޓް ސެގްމެންޓްގެ ކުންފުނިތަފާއި ބައްދަލުކޮށް ދިވެހިރާއްޖޭގައި ލިބެން ހުންނަ ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށް ރާއްޖޭގައި މައިސް ސެގްމެންޓަށް ލިބެން ހިދުމަތްތައް އިޝްތިހާރުކުރެވިގެން ދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއާއި އެކު ޒެލްޑީވާ ލަކްޒަރީ އިން ވަނީ މި ރޯޑްޝޯގައި ބައިވެރިވެފައެވެ.

އައިޓީބީ އޭޝިއާގެ ފަރާތުން ބާއްވާ މި ރޯޑްޝޯގައި، 300 އަށްވުރެ ގިނަފަރާތްތަކުން ބައިވެރިވެއެވެ. އަދި 100 އިންޓަނޭޝަނަލް ބަޔާސް ބައިވެރިވިއެވެ.

މި ރޯޑްޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުނިތަކާއިއެކު އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މި އިވެންޓް ތެރޭގައި ތަފާތު ކޮންފަރެންސް އަދި ޕެނަލް ޑިސްކަޝަންސްތައްވެސް ކުރިޔަށްދިޔައެވެ.

މި ރޯޑް ޝޯގައި، ވިޒިޓް މޯލްޑިވްސްއިން، ކުންފުނިތަކާއި ބައްދަލުކޮށް ދިވެހިރާއްޖެއަކީ މީޓިން, އިންސެންޓިވްސް، ކޮންފަރެންސް އަދި އެގްޒިބިޝަންސް ބާއްވަން އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ގިނަ މައުލޫމާތުތަކެއް ހިއްސާކުކުރިކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މީގެއިތުރުން މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުގރއިތުރުން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ދިވެހިރާއްޖެ އަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލެއްގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެގޮތުގައި މި އިވެންޓްގައި އިޝްތިހާރުކުރެވުނެވެ.