ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 30ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަަމަށް މޯލްދިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ، ހ. ތަރަބޫޒުގޭގައެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެންގްރޭވް ކުރާ ލޭޒާ މެޝިންތަކެއްގައި ރޯވެގެންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރޭ 2:44 ގައި ހިނގި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.

މި ހާދިސާއާއި ގުޅިގެން އެމްޑީއެންއޭ އިން ބުނީ، ތަރަބޫޒުގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި މިހާރު މިފަރާތްތައް ވަނީ އަނބުރާ ގެޔަށް ބަދަލު ކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.