އެލްޖީއޭގެ ބޯޑު އިންތިޚާބުގައި އައްޑޫސިޓީ ކައުންސިލުން ޑރ. މުއިއްޒުއަށް ވޯޓުދިން މީހުންނަށް މުއިއްޒު ޝުކުރުއަދާކޮށްފިއެވެ.

މާލޭ މޭޔަރު ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫސިޓީ ކައުންސިލްގައި 13 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްއަށް ނިސްބަތްވަނީ އެންމެ 3 ކައުންސިލަރުން ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނަށް 7 ކައުންސިލަރުންގެ ވޯޓު ލިބުނު ކަމަށާއި، އެހެންކަމުން އެކަމަށް ޝުކުރު އަދާކުރާ ކަމަށް ޑރ.މުއިއްޒު ކުރެއްވި ޓްވީޓުގައިވެއެވެ.

އައްޑޫ ސިޓީގެ ވޯޓު ފޮށިން ޑރ.މުއިއްޒު ކުރި ހޯއްދެވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

ކައުންސިލަރުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ޑރ.މުއިއްޒަށް 21 ވޯޓް ލިބިވަޑައިގެންނެވި އިރު އިސްމާއީލް ރަފީގް ވަނީ 24 ވޯޓް ހޯއްދަވައިފައެވެ.