ބޭންކް އޮފް މޯލްޑިވްސް އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބޭންކުން ބުނީ މި ބަދަލު ގެނެސްފައިވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކަނޑަައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެމަތިން ހިިދުމަތްދިނުމަށްޓަކައި، 13 ޖޫން އިން ފެށިގެން 17 ޖޫންގެ ނިޔަލަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލުު ގެނެސްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މި މުއްދަތުގައި ބަންދުވާނެކަމަށް ބޭންކުން ބުނެއެވެ.

އެހެންނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތް ދެމުންދާނެއެވެ.

އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ހުއްދަ ލިބިފައިވާ ފަރާތްތަކަށް، އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަަމަށްވެސް ބޭންކުން ބުނެއެވެ.

އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

ބޭންކުން ބުނީ، ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

އޭގެތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސްކުރުން ހިމެނެއެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.