ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޝަހްހްސު އޮޅުވާލައިގެން ރާއްޖެ އސު އޮޅުވާލައިގެން މަސައްކަތްކުރީ 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މި މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ ކާކުކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެމީހާ ރާއްޖެ އެތެރެވީ އޭނާގެ ޕާސްޕޯޓުގެ ބައެއް ބައިތައް ބަދަލުކޮށްގެން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިއީ ޕާސްޕޯޓު ނަކަލުކޮށްގެން މިއަހަރުތެރޭ ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިންވަނަ މީހާއެވެ.

އެގޮތުން ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު މިދިޔަ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ. އެދުވަހު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުތެރޭގައިވެސް ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު ވަނީ ބޯޑަރުން ހުއްޓުވާފައެވެ. އެއީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެކުރިންވެސް މިފަދަ އެތައް ބަޔަކު އިމިގްރޭޝަނުން ހުއްޓުވާފައިވާއިރު، ރާއްޖޭގެ މައި ބޯޑަރު ބަންދުކުރުމުގެ ކުރިން، ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަ ބަޔަކުވެސް އިމިގްރޭޝަނުން ހުއްޓުވާފައިވެއެވެ. އަދި ބޯޑަރު ހުޅުވާލިފަހުންވެސް ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން މީހަކު އިމިގްރޭޝަނުން މި ވަނީ ހިފަހައްޓާފައެވެ.

މިފަދައިން ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާ މީހުން ދެނެގަތުމަށާއި މިކަން ރަނގަޅު ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ގުޅިގެން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.