ދުނިޔޭގެ އެންމެ މުއްސަނދި ބައެއް ޤައުމުތަކުގެ ލީޑަރުންނަކީ ފެއިލްވުން ފިޔަވައި އެހެން ހިސާބެއްގައި ތިއްބެވި ބޭފުޅުން ނޫންކަމަށް ބައެއް އިޤުތިޞާދީ މާހިރުންނާއި ކެމްޕޭންކުރާ މީހުން ބުނެފިއެވެ. އެމީހުން ބުނާ ގޮތުން ތަފްޞީލު ގޮތެއްގައި ކޮވިޑްގެ ވަބާއައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި އެބޭފުޅުންގެ ފެންވަރަށްވެސް އެއްބަސްވެ ވަޑައިގަތުމުގައި ނުކުޅެދިގެންވަޑައިގެންފައިވާ ބޭފުޅުންނެވެ.

ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ކަމަށްބުނާ އެންމެ ބޮޑު އިޤުތިޞާދީ ގުރޫޕް، ޖީ-7 އިން ވަނީ އާދީއްތަ ދުވަހު ގުޅިފައިވާ ބަޔާނެއް ނެރުއްވައިފައެވެ. މިބަޔާނުގައި ޢަހުދު ކަށަވަރު ހިތްޕަވައިފައިވަނީ ޗައިނާއާއި ދުނިޔޭގެ ކޯޕަރޭޓް ޓެކްސް ނެގުމުގެ ނިޒާމުގެ އިތުރުން ކޮވިޑް ވެކްސިނާއި ގުޅޭ މިންގަނޑުތަކެއް އެކަށައަޅުއްވާނެ ކަމުގައެވެ.

އިނގިރޭސިވިލާތުގެ ކޯރންވޯލްގެ އައްސޭރިފަށަށް އޮންނަ ކާރބިސްބޭ ރިޒޯޓުގައި އޮތް މި ބައްދަލުވުމުގައި ދުނިޔޭގެ މި ލީޑަރުންތައް ވަނީ 1 ބިލިއަން ކޮވިޑް ވެކްސިންގެ ޑޯޒް ސީދާގޮތުން ނުވަތަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކޮވްކްސް ޖަމާޢަތުގެ ތެރެއިންވިޔަސް ފަޤީރު ޤައުމުތަކަށް ދިނުމަށް ހޯއްދަވާނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

އާދީއްތަދުވަހު އެބޭފުޅުން ނެރުއްވި މިރަސްމީ ބަޔާނުގައި ޗައިނާއަށްވެސް ވަނީ އިންސާނީ ޙައްްޤުތަކާއި އަސާސީ މިނިވަންކަމަށް އިޙުތިރާމްކޮށް، ޚާއްޞަ ގޮތެއްގައި ޝިންޖިއާންއާއި ގުޅުންހުރި އެ ޙައްޤުތަކާއި މިނިވަންކަމާއި ޢާންމު ޤަނޫނާއި އިނގިރޭސި ވިލާތާއި ޗައިނާއާއި ދެމެދު ބިންވަޅުކަނޑައި ނަގައިފައިވާ ހޮންގު ކޮންގުގެ މުސްތަޤިއްލުކަން ދެމެހެއްޓުމުގެ ޤަރާރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ގޮވައިލައިފައެވެ.

ޖީ-7ގެ ޤައުމުތަކުންވަނީ މޫސުމާއިބެހޭ ކުއްލި ޙާލަތު ނައްތައިލުމަށް ވަޢުދުވި އެއްޗެއް ހުސްވަންދެން ހޭދަކުރާނެކަމަށް ބުނެފައެވެ. އަދި ހަމަ އެއާއިއެކު ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭސް 2050 އަށް ސުމާކާއި ހިސާބަށް ގެންދިއުމަށް ވެފައިވާ ވަޢުދު ފުއްދާނެކަމަށް ބުނެފައެވެ. އެގޮތުން މިހާރު ބޭނުންކުރާ ބޯޓުދެލިން އިންޖީނު ހިންގުން ހުއްޓައިލާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެމެރިކާ އިސްވެ ދުނިޔޭގެ ޓެކްސް ނެގުމުގެ ނިޒާމު އިޞްލާޙުކޮށް ޤައުމުތައް ގުޅިގެން އުފައްދާފައިވާ ބޮޑެތި ކުންފުނިތަކުން ނަގާ ޓެކްސް 15 އިންސައްތައަށް ބޮޑުކުމަށް އެއްބަސްވެފައިވެއެވެ. އެއީ އެފަދަ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އެމީހުނަށް ލިބޭ ފައިސާ ޓެކްސް ދައްކަން ނުޖެހޭ ޤައުމުތަކުގައި ބެހެއްޓިޔަ ނުދިނުމަށެވެ.

މިބޭފުޅުން ވަޢުވެ ވަޑައިގެން ކުރެއްވެވި އިޢުލާންތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ކަމަށް ކޮވެކްސްއާއި ކޮންފެޑަރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީއިން ވިދާޅުވެ އެކަމަށް މަރުޙަބާ ކިޔައިފައިވެއެވެ. އަދި ބުނެފައިވަނީ ޖީ-7 ސަމިޓުން މިޒަމާނުގެ ބޮޑެތި މައްސަލަތަކަށް ގުޅިގެން މަސައްކަތްކުރުމުގެ ރޫޙެއް ގެނެސް ބައިނަލްއަޤުވާމީ މުޖުތަމަޢު އެއްބައިވަންތަ ވެގެން އަތުވެދާނެކމަށް ޤަބޫލުކުރާ ކުރުން އާލާކޮށްދީފި ކަމުގައެވެ.

އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އާ ވަޢުދުތަކެއް ނޫން ކަމުގައެވެ. އަދި އެ ވާހަކަތަކުގައި ވަރަށް ގިނަކަންކަން މަދުކަމަށާ ތަފްޞީލެއްވެސް ނެތްކަމަށް ބުނެ އެކަށީގެން ނުވާވަރަށް ބައެއްކަންކަން ހުރިކަން ސާފުކޮށް އެނގެން ހުރިކަމުގައެވެ.

ގްލޯބަލް ޖަސްޓިސް ނައު ކެމްޕެއިން ގުރޫޕުގެ ޑިރެކްޓަރ ނިކް ޑިއަރޑަން ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޖީ-7 ގެ ލީޑަރުން ދައްކަވަމުން ގެންދަވާ ބަހަނާތަކުން އެބޭފުޅުން ފެއިލްވެ ވަޑައިގެންފައިވާ ކަމުގައެވެ. އަދި ހަފްތާ ނިމެމުންދިޔައިރު ދައްކަވަން މަސައްކަތްކުރެއްވި ޑިޕލޮމަސީގައި ކުރެއްވިހައިވެސް މަސައްކަތްޕުޅަކީ އެބޭފުޅުންގެ ނާޤާބިލްކަން ތަކުރާރު ކުރެއްވުމެވެ. އެގޮތުން މޫސުމާ ގުޅުންހުރި އަމާޒުތަކާއި ދުނިޔެއަށް ވެކްސިން ހޯދައިދިނުމަށް އެބޭފުޅުން ނާޤާބިލް ވެވަޑައިގެންފައިވާ އަމާޒުތަކަށް ވާޞިލުވުމުގައިވެސް ފޭލިވެ ވަޑައިގެންފައިވާ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި ޙަޔާތުގެ މައްސަލަތަކާއި ކުރިމަތިލުމަށް މާމަތިވެރި ސިފަތަކެއް ދައްކަމުން ގެންދަނީ ފައިދާކުރުވަނިވި ކުރިއެރުމެއް ހޯދައި ނުދެވި މި ޖީ-7 ހިންގަނީ އެއްވެސް ބޭނުމެއްނެތް ޙަރަކާތްތަކެއް ކަމުގައެވެ.

ޖީ-7 ގެ ޤައުމުތަކުގައި ހިމެނެނީ އިނގިރޭސި ވިލާތާއި ކެނެޑާއާއި ފްރާންސާއި ޖަރުމަނާއި އިޓަލީއާއި ޖަޕާނާއި އެމެރިކާއެވެ. ޔޫރަޕުގެ އިއްތިޙާދުން އެ ބައްދަލުވުމަށް ފޮނުވަނީ ޔޫރަޕިއަން ކޮމިޝަނާއި ޔޫރަޕިއަން ކައުނސިލްގެ ރައީސުންނެވެ. އަދި މިއަހަރު އޮސްޓްރޭލިއާއި އިންޑިއާ ބައިވެރިވިއިރު ދެކުނު ކޮރެއާއަށްވެސް ވަނީ ދަޢުވަތު ދީފައެވެ.

މި ޖީ-7 ފެންނަން އޮތީ ސިޔާސަތު ބިނާކުރައްވާ ފަރާތްތަކުން ވަށްމޭޒުދޮށުގައި ބައްދަލުވެވަޑައިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވަބާއާއި މޫސުމާ ގުޅުންހުރި މައްސަލަތަކަށް ބޭނުންވެފައިވާ ޢަމަލީ މަސައްކަތް ކުރުމަށް އެއްބަސްވުމަކަށް އައުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ.

ނަމަވެސް އެބޭފުޅުންގެ ރަސްމީ ބަޔާނުގައި ވަކިވަކި ޤައުމުތަކުން ނުވަތަ ދުނިޔޭގެ ވެކްސިން ކެމްޕޭނާއި ކުރީން އެއްބަސްވެފައިވާ އެއްބަސްވުންތަކުގެ ތާވަލުތަކަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަމުގެ ތަފްޞީލީ ނުކުތާތައް ފާހަގަކޮށްފައެއް ނުވެއެވެ.

ޔޫބީއެސް ގްލޯބަލް ވެލްތު މެނޭޖްމަންޓުގެ އިޤުތިޞާދީ އިސް މާހިރު ޕޯލް ޑޮނަވަން ހޯމަދުވަހު ޖީ ސަމިޓު ސިފަކުރައްވައިފައިވަނީ ސެލްފީ މަހާސިންތާއެއްގެ ގޮތުގައެވެ. އޭނާގެ ނޯޓުގައި ލިޔުއްވައިފައިވަނީ ޖީ-7ގެ ބައްދަލުވުމުގައި ފޮޓޯނެގުމުގެ މައިގަނޑު ސަމާލުކަން ފެނިގެންދިޔައީ ވަރަށް ރަނގަޅަށް ކަމުގައެވެ. އަދި އެ ބައްދަލުވުމުގެ އެހެން ވާހަކަތަކުގައި ފެނިގެން ގޮސްފައިވަނީ ރެނދު އަޅައިފައިވާ ތަންތަނުގައި ކަރުދާސްއަޅައި ފޮރުވަމުންދިޔަތަން ކަމުގައެވެ.

ސީއެންބީސީގެ "ސްކުއޯކް ބޮކްސް" ޔޫރަޕުގައި ވާހަކަ ދައްކަވަމުން ޑޮނޮވަން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބޮޑު ބަދަލެއް އަންނާނެ ސިފަތަކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ބޭކާރު ބަޔާންތަކެއް ފެނިގެން ގޮސްފައިވާ ކަމުގައެވެ.

އޭނާވިދާޅުވީ އެ ރެނދުތައް މިފަހަރު އެހާ ފުން ނުވެ ހިނގައިދާނެ ކަމުގައެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ވެރިކަމަށް އައި ބަދަލު ކަމުގައެވެ. އަދި އެމެރިކާއިން ތަންކޮޅެއް ޢަމަލީ ދައުރެއްއަދާކުރާތީ ކަމަށާ ނަމަވެސް އއިރުވެސް އަޅައިފައިވަ ރެނދުތައް މިހާރުވެސް އެބަހުރި ކަމުގައެވެ.

މި ވަބާގެ ތެރޭގައި ވެކްސިނާއި ހިސާބަށް ދިއުމުން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކަށް ވަރަށް ތޫނު ފާޑުކިޔުންތައް އަމާޒުވެގެންދެއެވެ. ވަރަށް ގިނަ ގުރޫޕުތަކުން ގެންދަނީ ކޮވިޑް ވެކްސިނާއި ފަރުވާގެ ފިކުރީ ޙައްޤުތައް ލިބުނަ ނުދިނުމަށް ނުވަތަ ހޯދައި ނުދިނުމަށް ބާރު އަޅަމުން ގެންދެއެވެ. އޭގެ ތެރޭގައި ޑަބްލިޔުއެޗްއޯއާއި ޞިއްޙީ ތަޖުރިބާކާރުންނާއި ދުނިޔޭގެ ކުރީގެ ލީޑަރުންނާއި ބައިނަލްއަޤުވާމީ ޞިއްޙީ މަދަނަ ޖަމާޢަތްތައް ހިމެނެއެވެ.

އިންޑިއާއި ދެކުނު އެފްރިކާއިން ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ގުޅިގެން ހުށަހެޅުމެއް ހުށަހަޅައިފައިވެއެވެ. އޭގައި އެދިފައިވަނީ މަދަނީ ކޮވިޑް ފަރުވާ އުފެއްދުމަށް މަގުފަހިކޮށްދީ ދުނިޔޭގެ ވެކްސިން ކެމްޕެއިނަށް އިތުރު ބާރެއް އަޅައިދިނުމަށެވެ. އެތައް މަހެއްވެގެންދިޔައިރުވެސް މިހުށަހެޅުންއޮތީ މަދު ސަރުކާރުތަކަކުން ގާކޮށްލައިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫރަޕުގެ އިއްތިޙާދާއި ސްވިޓްޒަރލޭންޑާއި ޖަޕާނާއި ނޯރވޭ އަދި ކެނެޑާއާއި އޮސްޓްރޭލިއާގެ އިތުރުން ބްރެޒިލް ހިމެނެއެވެ.

އިނގިރޭސި މަދަނަ ކެމްޕޭން ގުރޫޕެއްގެ ސިޔާސަތު ކަނޑައަޅުއްވާ ޑިރެކްޓަރަކު ވިދާޅުވީ ފެހި މާރޝަލް ޕްލޭނެއްގެ ނަމުގައި ވަރަށް ހޫނު އަޑުތަކެއް އިވިގެން ގޮސްފައިވާ ކަމުގައެވެ. އަދި މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް އެ އަޑުތައް އަރައިގެން ގޮސްފައިވާ ކަމުގައެވެ. ނަމަވެސް ބޭނުންވާރާއި ގާތަށްވެސް އެކަން ވެފައި ނެތް ކަމުގައެވެ. އެހެންވީމާ އެއީ ޕްލޭނެއްގެ އެއްބައިކަމަށާއި އެއީ މާރޝަލް ޕްލޭން ނުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހީދިނުމަށްވި ވަޢުދުތައް ފުއްދުމުގައި ޖީ-7 ފެއިލްވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ދަރަންޏަށް ލުއި ހޯދައިދިނުމާއި މޫސުމީ މައްސަލަތަކަށް މާލީއެހީފޯރުކޮށްދިނުމާއި ނަސްލެއް ތަފާތުކުރުމެއްނެތި ވެކްސިން ފޯރުކޮށްދިނުމުގައިވެސް ފެއިލްވެފައިވާ ކަމުގައެވެ.

ކޮޕް ޓުވެންޓީ ސިކްސް ކްލައިމެޓް ސަމިޓަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އޭގެ ކާމިޔާބު އޮތީ ކިރިލަކިރިލައި ކަމުގައެވެ. އެހެން ނަމަވެސް ނަޒާޙަތްތެރި އެއްބައިވަންތަ ކަމެއްގެ އެހީ ދިނުމަށް މުއްސަނދި ޤައުމުތަކަށް އަދިވެސް ވަގުތު އެބައޮތް ކަމުގައެވެ. އޭނާ ވިދާޅުވީ އެމުނި ގުޅިގެން ގެތިފައިވާ މި މައްސަލަތަކަށް އެފަދަ ޕެކެޖެއްނެތްނަމަ ކޮޕް ވެގެންދާނީ ނާކާމިޔާބު އެއްޗަކަށް ކަމުގައެވެ.

ސިޔާސަތު ކަނޑައަޅުއްވާފައިވާ ބޭފުޅުން ވަނީ 2015 ވަނަ އަހަރު ޕެރިހުގައި އެކުލަވައިލެވުނު އެއްބަސްވުމުގެ ވަޢުދުތައް ފޯރުކޮށްދިނުމުގެ މައްސަލައިގާ ހޫނުފެނަށް ވެއްޓިވަޑައިގެންފައެވެ.

މިއަހަރު ބާއްވާ ކޮޕް26 ސަމިޓު އޮންނާނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިއަހަރުގެ ނޮވެމްބަރުމަހު ބޭއްވުމުގެ ކުރީން ޕެރިސް އެގްރީމެންޓުގައި ވައުދުވި ކަންކަން ފުރިހަމަ ކޮށްދިނުމަށް ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް އެކި ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.