ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ މިނިސްޓްރީ އޮފް ފައިނޭންސްއިން އައު ލޯން ސްކީމެއް ތައާރަފްކޮށްފިއެވެ.

މިއީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރާ ލޯން ސްކީމެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލީގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާ "ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު" މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ.

މިއީ 6 އިންސައްތަ ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ.

ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މިލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

20 ޖޫން 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން މިލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަމުން ދާނެއެވެ.

މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.