ކޮވިޑްބަލީގައި މިއަދު އަނެއްކާވެސް ރާއްޖެއިން މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 8:49 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ، ކޮވިޑްބަލީގައި ރާއްޖެއިން މިއަދު މަރުވި 3 ވަނަ މީހާއެވެ.

މިއާއެކު، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 206 އަށް އަރާފައެވެ.

ކޮވިޑްބައްޔާ ގުޅިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނެއް ރޭ މެންދަމު 01:30 ގައި މަރުވެފައި ވެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފަތިހު 05:19 ގައި ވެސް މަރުވެފައި ވެއެވެ.

ހުކުރު ދުވަހު ކޮވިޑްބަލީގައި ރާއްޖެއިން 2 މީހުން މަރުވެފައި ވެއެވެ.

އެއީ ލ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓިގައި ފަރުވާ ދެމުންގެންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑްބަލީގައި މިއަދު 3 މީހުން މަރުވިއިރު، އެޗްޕީއޭއިން މިރޭ އާންމުކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން، މިހާރުވެސް 46 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.