ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.

ރައީސް ދުބާއިއަށް ވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހު އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސާލިހްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަހްމަދު މުހައްމަދު ސާލިހް ނިޔާވީ އުމުރުން 55 އަހަރުގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އަހްމަދު މުހައްމަދު ސާލިހްގެ އަކީ ލޯފަން ބޭފުޅެކެވެ. އޭނާގެ އިތުރަށް އެއާއިލާގައި ލޯފަން އިތުރު ތިން ބޭފުޅުން ތިއްބަވައެވެ

އަހްމަދު މުހައްމަދު ސަލިހް ނުވަތަ އާއްމު ނަމުންނަމަ އަހްމަދުބެއަކީ ރައީސް ސާލިހްގެ ހަގަށް އެއާއިލާގައި ތިއްބެވި 8 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ރައީސް ސާލިހްގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ.