މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ހާލުކޮޅު ރަނގަޅު ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ހަޖަމުގެ ނިޒާމުގައި އިންފެކްޝަން އުފެދިގެންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަރުވާއަށްފަހު ބޮޑުވަޒީރު މުހްޔިއްދީން ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހޮސްޕިޓަލުގައި އެޑްމިޓްކުރީ، ހަޖަމުގެ ނިޒާމުގައި އިންފެކްޝަން އުފެދި، ބޭރަށް ހިންގާން ފެށުމުން ޑޮކްޓަރުންގެ މަޝްވަރާގެ މަތިންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ހާލުކޮޅު ރަނގަޅު ކަމަށާއި، ބަލިހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށާއި، އިންޓްރާވެނަސް އެންޓިބަޔޮޓެކް ފަރުވާއަށް ބޮޑުވަޒީރު އަދި ދުވަސްކޮޅަކު ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށެވެ.

ހޮސްޕިޓަލުގައި އޮންނަވާއިރު ރަސްމީ މަސައްކަތް ކުރެއްވުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއަށް 2018 ވަނަ އަހަރުވަނީ ޕެންކްރިއެޓިކް ކެންސަރު ޖެހިވަޑައިގެންފައެވެ. އަދި މިދިޔަ ޖޫންމަހުވަނީ، ކެންސަރު ބަލިން ސަލާމަތްވެވަޑައި ގެންފައިވާކަން އިއުލާން ކޮށްފައެވެ.

މިފަހަރު ސިއްހީ މައްސަލަތަކެއް ދިމާވެގެން ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް، ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޮޑުވަޒީރަށް އަލުން ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާކަން ހެލްތު ސްކްރީނުން ދައްކާފައި ނުވާ ކަމަށެވެ.