28 ވަނަ "ވާލްޑް ޓްރެވަލް އެވޯޑްސް"ގައި އިންޑިޔާ ކަނޑުގެ 10 ކެޓަގަރީއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

1993 ވަނަ އަހަރު ތައާރަފްކުރި މި ޝަރަފުވެރި ޕްރޮގްރާމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތައް ފާހަގަކުރުމަށް ދެމުން އަންނަ މުހިންމު އެވޯޑެކެވެ.

މިއަހަރު އިންޑިޔާ ކަނޑުގެ ކެޓަގަރީއިން ދިވެހިރާއްޖެ ނޮމިނޭޓްވެފައި ވަނީ:

  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ބީޗް ހިމެނޭ ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ކްރޫސް ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ގްރީން ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ހަނީމޫން ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ވެޑިންގް ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު އެޑްވެންޗަރ ޓޫރިޒަމް ޑެސްޓިނޭޝަން 2021
  • އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑް 2021 :މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މީގެއިތުރުން ދިވެހިރާއްޖެ ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އެއް ކެޓަގަރީ އަކަށް ނޮމިނޭޓް ވެފައެވެ. ވޯލްޑް ކްރޫސް އެވޯޑްސް އަކީ ދުނިޔޭގެ ކްރޫސް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑްއެކެވެ. ވޯލްޑް ކްރޫސް އެވޯޑް އިން ދިވެހިރާއްޖެ ހޮވިފައިވަނީ، އިންޑިޔާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ ކްރޫސް ޑެސްޓިނޭޝަންގެ އެވޯޑަށެވެ.

އިންޑިއާ ކަނޑުގެ ކެޓަގަރީތަކަށް ވޯޓުކުރުމުގެ ފުރުސަތު މިހާރުން ފެށިގެން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އަދި ވޯލްޑް ކްރޫސް އިންޑިޔާ ކަނޑުގެ ކެޓަގަރީތަކަށް ވޯޯބިކުރާ ފަރާތްތަކަށް އެވޯޑްގެ ކެޓަގަރީއަށް ވޯޓްލުމަށް މިހާރުން ފެށިގެން އޮގަސްޓް 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ދިވެހިރާއްޖެވަނީ މީގެކުރިންވެސް އެކި ކެޓަގަރީއިން މި އެވޯޑްތައް ހާސިލްކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލް ބީޗް ޑެސްޓިނޭޝަން، އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލް ކްރޫސް ޑެސްޓިނޭޝަން, އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަންވެސް ހޯދާފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލް ޑެސްޓިނޭޝަންގެ އެވޯޑްވެސް ވަނީ ދިވެހިރާއްޖެ އިން ހޯދާފައެވެ.

މީގެއިތުރުން ފާއިތުވެދިޔަ 17 އަހަރު ތެރޭގައި 13 ފަހަރެއްގެ މަތިން ދިވެހިރާއްޖެ ވަނީ އިންޑިޔާ ކަނޑުގެ އެންމެ މަޤުބޫލު މަންޒިލްގެ މަގާމުވެސް ހާސިލްކޮށްފައެވެ.