އުރީދޫ މޯލްޑިވްސްއާއި ޕަރސަނަލް ކޮމްޕިއުޓަރސް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް އިއްޔެ އިއުލާން ކޮށްފިއެވެ.

މި އޮފަރ ކުރިއަށްގެންދަނީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައެވެ.

މި އޮފަރ ގެ ދަށުން ޕަރސަނަލް ކޮމްޕއިޓަރސްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބޭނެ ކަމަށާއި، ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ މައިފައި ޑިވައިސް މެދުވރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން، ޕާސަނަލް ކޮމްޕިއުޓަރސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ހިމެނޭއިރު، މި އޮފަރ ބަންޑްލް ކޮށްފައިވަނީ އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައްވެސް ހިމެނޭގޮތަށެވެ.

ޕެންޑެމިކްގެ ސަބަބުން އާއްމުކޮށް ކަންކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މުހިންމުވެފައިވާކަން ފާހަގަކުރައްވައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، ޕަރސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.