ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް މިމަހުގެ މިމަހުގެ 17 އާއި 22 އާ ދެމެދު 4 ދުވަހެއްގައި ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރާނީ މިމަހުގެ 21،18،17 އަދި 22 ވަނަ ދުވަހު ކަމަށެވެ.

ސްޓެލްކޯއިން ބުނީ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 17:00 އަށް އެ މަސައްކަތް ކުރަމުންދާނެ ކަމަށާއި، މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސިސްޓަމް އެނަޖައިޒް ކުރުމުގެ މަސައްކަތުގެ ދެވަނަ ދުވަސް ކަމަށްވާ 18 ވަނަ ދުވަހު ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ 21 ވަނަ ދުވަހު ކަމަށާއި، އެދުވަހުވެސް ހެނދުނު 8:00 އިން ހަވީރު 17:00 އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 21 ވަނަ ދުވަހު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި މަސައްކަތުގެ ފަހު ދުވަސް ކަމަށްވާ 22 ވަނަ ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.

މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ.

މި ކަރަންޓުވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.