ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް، އަދާލަތު ޕާޓީން ވަރަށް ބޮޑަށް ބާރުފޯރުވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ތަހުމަތު ކުރައްވަފިއެވެ.

މިވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސްއަށް ބާރުފޯރުވަކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވީ އެމަނިކުފާނުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

ބަޔާނުގައި ވަނީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށް ކަމަށާއި، އަދި އެމްޑީޕީއަށް އެ ފުރިހަމަ މޮޅު ހޯދުމުގައި ކޯލިޝަނެއްގެ އެހީތެރިކަންވެސް ލިބުނު ނަމަވެސް، އެކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީއަށް ރައީސް ސޯލިހްގެ ހުރިހާ ނިންމެވުންތަކަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާކަން މިހާރު ސާފުވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ކޯލިޝަންގެ މިސްރާބު ހުރީ ޑިމޮކްރަސީގެ ހަމަތަކާ ދުރައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ މެޖޯރިޓީއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި، ތަރިކަ، އަދި ޒަމާނީ ދީނީ ގޮތްތަކަށް ތާއީދުކުރާ ބައެއް ކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހި ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެނޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ހަމައެކަނި ޑިޕްލޮމަސީއާއި ދޫދިނުން ނޫން ކަމަަށާއި، އެމްޑީޕީގެ ޤަބޫލުކުރުންތަކުގައި ސާބިތުކަންމަތީ ހިފަހައްޓައި އެ ޕާޓީން ޤަބޫލުކުރާ އަސާސްތައް ނަގަހައްޓަންޖެހޭ ކަމަށެވެ. އެއީ މިނިވަންކަމާއި ހަމަހަމަކަމާއި އިޤުތިޞާދީ ތަނަވަސްކަން ކަމުގައެވެ.

ރައީސް ނަޝީދަށް މިފަހުން ދިން ބޮމުގެ ހަމަލާއާއި ގުޅޭގޮތުން ބަޔާނުގައި ވަނީ، އެ ހަމަލާގެ ފަހަތުގައިވާ ސަބަބު ސަރުކާރުން ދެނެގަތް ކަމުގައެވެ. އެ ސަބަބަކީ ހަރުކަށި މީހުން، އެހެން މީހުން އިސްލާމްދީނާ ޚިލާފު ބައެއްގެ ގޮތުގައި ލޭބަލްކުރުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިފަދަ ލޭބަލްކުރުމުގެ ސަބަބުން ފަތުވާގެ ސިފައިގައި މަރުގެ ހުކުމެއް އިއްވާކަމަށާއި، ހަރުކަށި ވިސްނުމުގެ ހައްދުފަހަނައެޅި މީހުން އެފަތުވާ ތަންފީޒުކުރާ ކަމަށާއި، އެގޮތުން ޑރ.އަފްރާޝީމާއި ރިޟްވާނާއި ޔާމީން ރަޝީދުގެ ޤަތުލުތަކަކީ އެގޮތަށް ހިނގި ކަންކަން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ރަނގަޅު ގޮތުގައި މިފަދަ ނަފުރަތު ހުއްޓުވުމަށް ބަރުލަމާނަށް ބިލެއް ހުށަހެޅުމަށްފަހު، ސަރުކާރު އިއްތިހާދުގައި ހިމެނޭ ދީނީ ގޮތުން "ކޮންޒަވޭޓިވް" ޕާޓީތަކުން އެ ބިލާ ދެކޮޅު ހެދުމުން ބިލަށް ސަރުކާރުން ދިން ތާއީދު އަނބުރާ ގެނައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބިލަށް އޮތް ތާއީދު ސަރުކާރުން އަނބުރާ ގެނައީ ބިލަށް ތާއީދުކުރާ ސިޔާސީގެ ބޮލުގައި އެބިލުން މަނާކުރަން އުޅޭ ލޭބަލު އެޅުވޭނެކަން ވިސްނުމުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް މިބިލުން ހާސިލުކުރަން އުޅޭ ކަންކަމަށް ތާއީދުނުކުރެވޭނަމަ ސަރުކާރަށް ތާއީދުކުރައްވަން ވަރަށް އުދަގޫ ކަމަށާއި، އަދި ބިރަށް ޑިމޮކްރެޓިކް ލީޑާޝިޕުގެ ލަގަން ހަވާސާގައި ތިބޭ ބަޔަކަށް ނުވަތަ ކޯލިޝަނުގެ ޕާޓުނަރުންގެ ތެރެއިން ވޯޓުގެ ބާރު ނެތް ބަޔަކަށް ދޫކޮށްލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެސީގެ އުސޫލަކީ އަދި ޤާނޫނު އަސާސީ ނިޔާކުރަނީ ރާއްޖޭގެ ލީޑަރުން ރައްޔިތުންނާ އޮތް ގުޅުން ނަގަހައްޓައި އެމްޑީޕީގެ އެންމެ އަސާސީ މިންގަނޑުތައް ދިފާއުކުރުން ކަމަށްވެސް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.