ޕާޓީ ޕޮލިޓިކްސްއަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަަހަތު އިސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީމ ސިޔާސީ ވެރިންގެ ކޯޅުމާހެދި ރައްޔިތުން ދަނީ ހަނާވަމުން ކަމަށާއި އަދި މިވަގުތަކީ ސަރުކާރާއެކު އެންމެން ގުޅިގެން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ބައިބައިވުމަކުން ރައްޔިތުންނަށް ހޯދައިދެވޭނެ ލުޔެއް ނުފެންނަކަން ފާހަގަކުރައްވާ މެމްބަރު ސައުދު ވަނީ ޕާޓީ ޕޮލިޓިކްސްއަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަަހަތު އިސްކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރަށް ސައުދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ނަފްރަތުގެ ބިލަކީ ސަރުކާރު ހޫނު ފެނަށްލައި ކައްކަން ބޭނުންކުރާ ދަރަށް ވެގެންނުވާނެ ކަމަށާއި ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ މެޖޯރިޓީ މި ބިލާއި ދެކޮޅު ހަދަމުންދާ ވަގުތެއްގަ މިފަދަ ބިލެއް ގަދަ ބާރުން ފާސްކުރުމަކީ ވަރަށް ޚުދުމުހުތާރު ކަމެއް ކަމަށެވެ.

އަދި ނަފްރަތުގެ ބިލުން އުފަން މިވަނީ އިތުރު ނަފްރަތު ކަމަށްވެސް މެމްބަރު ސައުދު ވިދާޅުވިއެވެ.

މެމްބަރު ސައުދު މިފަދައިން ޓްވީޓް ކުރައްވާފައިމިވަނީ، ސަރުކާރުން ނަފުރަތުގެ ބިލު ފާސްކުރުމަށް ދެކޮޅުހަދާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ އަދި އެބިލު ފާސްނުކުރާނަމަ ސަރުކާރަށް ތާއީދު ނޯނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނި ކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބިލަށް އޮތް ތާއީދު ސަރުކާރުން އަނބުރާ ގެނައީ ބިލަށް ތާއީދުކުރާ ސިޔާސީގެ ބޮލުގައި އެބިލުން މަނާކުރަން އުޅޭ ލޭބަލު އެޅުވޭނެކަން ވިސްނުމުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރަށް މިބިލުން ހާސިލުކުރަން އުޅޭ ކަންކަމަށް ތާއީދު ނުކުރެވޭނަމަ ސަރުކާރަށް ތާއީދުކުރައްވަން ވަރަށް އުދަގޫ ކަމަށާއި، އަދި ބިރަށް ޑިމޮކްރެޓިކް ލީޑާޝިޕުގެ ލަގަން ހަވާސާގައި ތިބޭ ބަޔަކަށް ނުވަތަ ކޯލިޝަނުގެ ޕާޓުނަރުންގެ ތެރެއިން ވޯޓުގެ ބާރު ނެތް ބަޔަކަށް ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.