ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާ ލައްވައިފިއެވެ.

މި ތަންތަންތަނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކުމުންދޫ ކުޅީ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޙާލަތު ބައްލަވާލައްވާފައި ވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ޙައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުޙަލާގައެވެ.

ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓަރ ނެޓްވާރކްގެ މަސައްކަތާއި އާރު.އޯ ބިލްޑިންގްގެ މަސައްކަތެވެ.