ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފައްޓަވާދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވާދެއްވީ އުތުރުގެ ތިން ރަށަކަށް އެމަނިކުފާނު ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 9.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދުގެ އިތުރަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.