އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުން އަޟްހާ އީދާ ދިމާކޮށް ޚާއްސަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުން އަޟްހާ އީދާ ދިމާކޮށް ޚާއްސަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައި ގިފްޓް ކާޑެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.

ސައްތައިން ސައްތަ ދިވެހި އުފެއްދުންތަކަށް އެކަނި ޚާއްސަކޮށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުން އަންނަ އޮތެންޓިކް މޯލްޑިވްސްގެ ތިން ފިހާރައެއް މިހާރު އެބަހުރި ކަމަށް ބީސީސީން ބުނެއެވެ.

މިއިން ކޮންމެ ފިހާރައަކުންވެސް ކުރާ ސަތޭކަ ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށްވެސް ޚާއްސަ ކޫޕަނެއް ދެވޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ބުނެއެވެ.

އަޟްހާ ޢީދާ ދިމާކޮށް ފެށި މި ޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މި ޖުލައި މަހުގެ 16 ން 30 ގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ 1 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހު މޯލްޑިވްސް ބިޒްނަސް ނެޓްވަރކްގައި އެކަމަށްޓަކައި ބާއްވާ ޚާއްސަ ޕްރޮގްރާމެއްގައި ކަމަށް ބީސީސީން މައުލޫމާތު ދެއެވެ.

އަދި ނަސީބުވެރިޔާގެ ގޮތުގައި ގުރުއަތުން ހޮވޭ އެކަކަށް، އޮތެންޓިކް މޯލްޑިވްސްގައި ވިއްކަން ހުންނަ ތަފާތު ބާވަތްތައް ހިމެނޭ ވަރަށް އަގުހުރި ހަދިޔާ ވަށްޓެއް ދިނުމަށް ބީސީސީން ވަނީ ނިންމަވާއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ތިން ފިހާރަ ހުޅުވާފަވާއިރު އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ ފިހާރައިގެ އިތުރުން މާލޭގައި ޖަސްޓިސް ބިލްޑިންގއާ ޖެހިގެން ހުރި ފިހާރައެވެ.