ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދަތުރުފުޅު ނިންމަވާލައްވައި އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 23 ޖުލައި 2021 ވާ ހުކުރު ދުވަހުގައެވެ.

ރައީސްގެ ދެކަނބަލުން މި މަހު ވަނީ ހދ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރަައްވާފައެވެ.މި ދަތުރުފުޅުގައި އެ އަތޮޅުގެ 3 ރަށަކަށްވެސް ވަނީ ވަޑައިގެންފައެވެ. އަދި ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އީދު ބަންދާއި މިނަވަން ދުވަހާ ދިމާކޮށް 16 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ. އަނބުރާ ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.