ހިޔާ ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ދެން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ 24 ޖުލައި 2021 ވާ ހޮނިހިރު ދުވަހަކީ ހިޔާފުލެޓު ލިބިފައިވާ ފަރާތްކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ދުވަހެއް ނަމަވެސް، އަލްޙާ ޢީދަށް ފަހު ދެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ 25 ޖުލައި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމުގައެވެ.

24 ޖުލައި 2021 ގައި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުގެންދިއަ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިންވެސް އިޢުލާން ކޮށްފައިވާ ގޮތަށް ޓަވަރު ތަރުތީބުން ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރަންފެށީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

އެދުވަހު އެގްރިމަންޓް ތަކުގައި ސޮއިކުރީ H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 118 ފަރާތެއް ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.