ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު މިދަތުރުފުޅުގައި ވަޑައިގެންނެވީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންނެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް މިނިސްޓރީ އޮފް ފޮރެން އެފެއަރޒް އިން މައުލޫމާތު ދެއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ބިޑުވަޒީރު ނަރެންދުރަ މޯދީއާ ވާހަކަދައްކަވާނެ ކަމަށާއި، އިންޑިއާގެ އެކްސްޓާބަކް އެފެއާޒް މިނިސްޓަރު ޑރ. ޖައިންޝަންކަރާ އާއި، އިންޑިއާގެ ފޮރެން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރެން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ޖުލައި މަހުގެ 23 ވަނަ ދުވަހު، އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއަރޒް ގައި، މިނިސްޓަރ ވާހަކަދައްކަވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޝާހިދު އާއެކު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް އާއި، މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.