ފުވައްމުލައް ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 14:35 ގައި ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގީ، ފުވައްމުލަކު މިސްކިތްމަގު އަވަށުގެ ލަކީސްޓަރ ނަމަކަށްކިޔާ ގޭގެ ބަދިގޭގައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ގޭގެ ބަދިގޭގައި އަލިފާން ރޯވި ގޮތާ ގުޅޭގޮތުން އެމްއެންޑީއެފުން ފަހުން ބުނެފައިވަނީ، އެއްޗެއް ތެލުލައި ނިންމުމަށްފަހު ތެޔޮތާސް ބެހެއްޓުނީ ސުތުލި ގޯންޏެއްގެ މަތީގައި ކަމަށާއި، ގޯނީގައި އަލިފާން ރޯވެ އޭގެފަހުން ކައިރީގައި ހުރި ހަނޑޫ ބާލިދީގައި އަލިފާން ހިފީ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.