ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބާތައި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިނިވަން ދުވަހާ ގުޅިގެން މާދަމާ ހެނދުނު 5:50 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށް ރައީސް އޮފީހުން ބުނިއެވެ.

ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެގްރީމަންޓުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ސިލޯނުގައެވެ. އިދި އެއްފަހުން ކޮއްމެ އަހެރެ ގެ ޖުލޭ މަހުގެ 26 ފާހަގަ ކުރާނީ ރާއްޖެ ގެ މިނިވަން ދުވަހު ގެ ގޮތުގާއީ އެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ހާއްސަ ރަސްމިއްޔާތާއް ބޭއްވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު އެފަދަ އެއްވެސް ކަމެއް ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފައެވެ.