ޕީޕީއެމްތެރެ ފަސާދަކުރުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނެތްކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ޝުޖާއު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ޕީޕީއެމްއާ އެކުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައި ވަނިކޮށެވެ.

ޕީޕއެމުން ރޭ ބެއްވީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ޕީޕީއެމްތެރެ ފަސާދަކުރުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނެތް ކަމަށާއި ރައީސް ނަޝީދުއާއެކު އިދިކޮޅު ކޯލިޝަނުން ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

ޝުޖާޢު ވަނީ، މިހާރު މިއޮތް ވެރިކަމަށް ރައީސް ނަޝީދު ކުރައްވާ ތާއީދު އަނބުރާ ރައްޔިތުން ކުރީމަތީގަ ގެންދެވުމަަށް އެދިވަޑައިގެންފައެވެ.

އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެމަނިކުފާނު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ނުކުރާ މީހެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމަކީ. އެހެންނަމަވެސް އެމަނިކުފާނާއެކު ޕީޕީއެމް އަދި ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތްތަކެއް އަޅުގަނޑުމެންގެ ނެތް."
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ރައީސް ނަޝީދަށް އިދިކޮޅު ކޯލޝަނުން ފުރުސަތެއް ނެތްކަމަށް ޝުޖާޢު ވިދާޅުވިއިރު، ޕީޕީއެމަށް ބަދަލުތަކެއް ގެންނަށްޖެހޭ ކަމަށާއި އެ ބަދަލުތަކަކީ "އިންޑިއާ އައުޓް" ގެ ފަލްސަފާއާއި ދުރު އަދި "ހިސާން" ބިލަށް ތާއީދުކުރާ، މިއުޒިކަށްވެސް އެބަސްވާ ބަދަލުތަކެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ ބަދަލުތަކާއެކު ސަރުކާރު ހިންގަން އިދިކޮޅު ޕާޓީއާ އެއްބަސްވެވޭ އެމްޑީޕީ އަދި ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެންޖެހޭ ކަމަށާއި ރާއްޖެއަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުން ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވި ނަމަވެސް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވަނީ، ރައީސް ޔާމީނާ ކޯލިޝަން ހަދަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.