މާލެއިން ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އަހްމަދު ނައުފަލް ނަމަކަށް ކިޔާ ޒުވާނެކެވެ.

އަހްމަދު ނައުފަލް ގެއްލިގެން އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނައުފަލް ގެއްލިގެން ހޯދަމުންދާ ކަމަށާއި، އެންމެފަހުން ހަބަރެއް ވެފައިވަނީ މި ޖުލައިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އަހްމަދު ނައުފަލް އެންމެ ފަހުން ހުރިކަމަށް ބެލެވެނީ ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި ކަމަށެވެ.

https://www.facebook.com/photo/?fbid=1930589503755399&set=a.133590090122025

މިކަމާއި ގުޅޭގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް ވިދާޅުވީ، މީހަކު ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެކަމާއި ގުޅޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ފަހުން ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) ކަމަށެވެ.

"މި ޖުލައިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. އަޙްމަދު ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދޭ"
ފުލުހުން

އަޙްމަދު ނައުފަލްއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.