އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒު ތިން ދުވަހަށް ބަންދުކޮށްފިއެވެ.

މަރަދޫ ސިއްހީ މަރުކަޒު ބަންދުކޮފައިވަނީ އެއް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންގެންދިޔަ ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންއެވެ.

މަރަދޫ ސިއްހީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ އެތަނުގަ އެޑްމެޓު ކުރެވިފައިވާ ބަލިމީހަކު ކޮވިޑް-19 ޕޮޒިޓިވް މަރުކަޒުގެ ބައެއް މުވައްޒަފުން ބަލިމީހާއި އެއްތަންވެފައިވުމުގެ ސަބަބުން މަރުކަޒުގެ ހިދުމަތް ކުރިއަށް އޮތް ތިންދުވަހަށް (30 ޖުލައި 2021 ވަނަ ދުވަހުން 01 އޮގަސްޓް 2021 އަށް) ހުއްޓާލެވިފައިވާ ކަމަށެވެ.

މަރަދޫ ސިއްހީ މަރުކަޒުގެ އިއުލާނުގައި ބުނެފައިވަނީ، ބަލިވެގެން ފަރުވާ ހޯދަން ޖެހިއްޖެނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ދަތި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށާއި ސިއްހީ މަރުކަޒު ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން މަރަދޫ ސިއްހީ މަރުކަޒު ބަންދުކުރިއިރު، ރާއްޖޭގެ އެހެން ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން ކޮވިޑަށް ފަޕޮޒިޓިވްމުން ހިދުމަތްތައް ހުއްޓާލާފައެއް ނުވެއެވެ.

އެކަމަކު، އެހެން ރަށްތަކާ ޚިލާފަށް އައްޑޫ ސިޓީއަކީ ގުޅިފައިވާ ރަށްތައް ހިމެނޭ ސިޓީއަކަށްވުމުން، ވެހިކަލްގައި އެހެން ރަށްތަކުގައި ހުންނަ ހޮސްޕިޓަލަށް ދަތުރުކުރެވޭނެއެވެ.