ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ވެކްސިންޖެހޭ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށާއި ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ހޯދާފައިވާއިރު، ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،594 މީހަކު ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 26،3،067 އަށް އަރާފައެވެ

ވެކްސިން ޕްރޮގްރާމްގެ ވާހަކަ ހާމަކުރެއްވީ މިނިވަން ދުވަހު ގައުމާ މުހާތަބު ކުރަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިހާރު ވެކްސިން ޕްރޮގްރާމް ފެށިގެން ކުރިއައް އެބަދެއެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިންޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، ވެކްސިން ޖަހާ ނިމުންކަމަށް ރައީސް ވާނީ ވިދާޅުވެފައެވެ.