ދަ ރިޒް ކާލްޓަން ސްޕާ، ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީފް އިން ބުނީ ދަ ރިޓްޒް ކާލްޓަން ސްޕާ، ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު އިން އެ ރިސޯޓުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގިކަމުގެ ރިޕޯޓު އެމްއެންޑީފަށް ލިބިފައި ވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރިސޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި ރޯވި އަލިފާންގަނޑު ވަނީ ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ކޮންޓްރޯލް ކޮށްފައެވެ. ރޯވެފައި ވަނީ އެ ރިސޯޓްގެ ވޯޓާ ވިލާއެއްގެ ފަންގިފިލާގައި އާއި ފާހަނާގައި ކަމަށް އެމްއެންޑީފް ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމަތު އަދި ލިބިފާއެއް ނުވެއެވެ.

މި ފަހުން އަލިފާނުގެ ގިނަ ހާދިސާ ތަކެއް ހިންގާފައި ވާއިރު ދާދިފަހުން މާލޭގައި ހުންނަ ޝީޝާގެ ޝޯ ރޫމެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ.