ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ސޯޝަލްމީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފިއެވެ.

އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައިވަނީ ނ. ކުޑަފަރީ ސުކޫލުގައި އިސްލާމް ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މުހައްމަދު އަޝްރަފް ނަމަކަށް ކިޔާ ޓީޗަރެކެވެ.

ޤިޞާޞު ހިފުމާއި ބެހޭގޮތުން އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި މެމްބަރު މުހައްމަދު ވަހީދު ދެއްކެވި ވާހަކަޔާމެދު ހިތްހަމަނުޖެހި، މެމްބަރު ވައްޑެ މަރާލަންޖެހޭ ކަމަށް އަޝްރަފް ފޭސްބުކުގައި ބުނެފައިވެއެވެ.

އަޝްރަފު ވަޒީފާއިން ވަކިކުރިކަން ސިވިލް ސަރވިސް ކޮމިޝަނުން އޭނާއަށް އިއްޔެ އަންގާފައިވާކަން ވަނީ ކަށަވަރުވެފައެވެ.