ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި އަހުމަދު ފާތިހު ބަންދުން ދޫކޮށްލައިފިއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާތިހު ހައްޔަރުކޮށްފަ ހުރީ މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި ކަމަށްވެފަ އެ މައްސަލައިގަ އޭނާއަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުމާ ގުޅިގެން އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެން ޝަމީމް ވިދާޅުވީ، މިވަގުތައް ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށާއި ދައުވާ ކުރަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ދައުވާ ކުރާނެ ކަމަށެވެ.

ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ.

ފާތިހު އަކީ ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ، ހިޔާ، އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސްދިން މީހާއެވެ.