ކުޑަހުވަދޫ ލޯމާފާނު އިފްތިތާހު ކޮށްފިއެވެ.
ކުޑަހުވަދޫ ލޯމާފާނު އިފްތިތާހް ކޮށްފައިވަނީ މިއަދު ހެނދުނު ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔަތެއްގައެވެ.
މިއީ ކުޑަކުހުވަދޫގެ ނަމަށް ހާއްސަވެގެންވާ ލޯމާފާނެެއެވެ.
މި ލޯމާފާނު އިފްތިތާހް ކޮށްދެއްވީ އައްނަބީލާ ނަސީމާ މުހުއްމަދުއާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެތައް ދުވަހެއް ވާންދެން ކުރި އުންމީދެއްގެ ނަތީޖާ ކަމަށެވެ.
އަދި އެތައް ދުވަހެއްގެ ކުރިން ދުށް ހުވަފެނެއްގައި ކުލަޖެހުނީ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
"ލޯމާފާނު ކިޔައި ތަރުޖާމާ ކުރަންޖޭހޭ ކަމުގެ މުހިންމު ބޭނުން އަޅުގަނޑުގެ ސަމާލުކަމަށް ގެންނެވީ އެކެޑަމީގެ މުސްތަޝާރު އައްނަބީލާ ނަސީމާ މުހައްމަދު" އަޝްރަފް އަލީ
އަޝްރަފް ވަނީ މިމައްސަކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ލޯމާފަނަކީ މީލާދުން 12 ވަނަ ގަރުނާއި 13 ވަނަ ގަރުނުގެ ރަސްމީ ބައެއް ކަންކަން ސާފުކޮށް ކަށަވަރު ކަކާމާއެކު އެނގެން ހުރި މަސްދަރުތަކެކެވެ.
ކުޑަހުވަދޫ ލޯމާފާނަކީ މީއީ 20 ވަނަ ގަރުނުގެ މެދެއްހާ ތާނގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ދިރާސާވެރިޔާ އެޗްސީޕީ ބެލް ލިޔުއްވި މޮނޮގްރާފުގައި އޭނާ ބާޔާން ކުރައްވާފައިވާ ލޯމާފާނުތަކުގެ ތެރެއިން ލޯމާފާނެކެވެ.
ބެލް މި ލޯމާފާނަށް ދެއްވައިފައިވާ ނަމަކީ "ކުޑަހުވާދޫ ލޯމާފާނެވެ."