19 ސްކޫލެއްގައި ފައިޒާ ވެކްސިން ޖަހަން ފަށައިފިއެވެ.
12 އަހަރުން މަތީ އުމުރުގެ ދަރިވަރުންނަށް މިއަދު ފައިޒާ ވެކްސިން ޖަހަން ފެށުމާގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ވެކްސިން ޖަހަން ފަށާފަވަނީ އަތޮޅުތެރެ އިން 17 ސްކޫލަކާއި މާލޭގެ 2 ސަރަހައްދެއްގައި ވެކްސިން ޖަހަން ފަށާފައި ވެއެވެ.
މާލޭގައި މިއަދު ވެކްސިން ޖަހަން ފަށާފައިވަނީ އަމީނިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަރަބިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލްގެ އިތުރުން ސީއެޗްއެސްސީގައި ކަމަށް އައްޒަ ވިދާޅުވިއެވެ.
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ.
ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އާއްމުންނަށް ވެކްސިން ޖަހަންފަށާފައިވާއިރު، މާލޭ ސަރަޙައްދުގައި މި ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް އެޗް.ޕީ.އޭއިން ވަނީ އިއުލާންކޮށްފައެވެ.
މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިން ޖަހާނެ ސެންޓަރުތަކަކީ އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށާއި ހުޅުމާލެގެ ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފަައި ވަނީ ރެހެންދި ސްކޫލުގައި ކަަމަށް އައްޒަ ވިދާޅުވިއެވެ.
މިއަދު ހެނދުނު 9:00 ފެށިގެން ހަވީރު 4:00 އަށް އިސްލާމީ މަރުކަޒުގައްޔާއި، މެންދުރު ފަހު 1:00 އިން ފެށިގެން 4:00 އަށް ހުޅުމާލެ ހޮސްޕިޓަލްގައި އާންމުންނަށް ވެކްސިން ޖަހައިދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ވިލިމާލޭގައި ވެކްސިން ޖަހަން ފަށާނީ، ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުގައި މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވައި، 12 އަހަރާއި 17 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނާއި މާބަނޑުމީހުންނާއި މިވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަދައިގެން ވެކްސިންޖެހުމަށް އައުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އަދި ލިސްޓްކުރެވިފައިވާ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތައް ވެކްސިން ޖަހަން ދާއިރު އައިޑީކާޑް ނުވަތަ ޕާސްޕޯޓް އަދި ގުޅުންހުރި ލިޔެކިޔުމުގެ ފޮޓޯ ހާޑްކޮޕީ ނުވަތަ ސޮފްޓް ކޮޕީ ގެނައުމަށްވެސް ވަނީ އެދިފައެވެ.