"ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް' ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާ އެވެ.

ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި، ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށް ދަސްކޮށްދިނުމާ، ހަރުކަށި ވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުމާއި، އެހެން މީހުންނަށް އިހުތިރާމު ކުރުމާއި، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

މިޕްރޮޖެކްޓުގައި ހިމެނޭ ހަރަކާތަކަކީ ހިރާސް (ރިސްކް) ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓްއަށް އާލާތެއް ތައްޔާރުކުރުމާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެދިނުން އަދި އިތުރު ހަރަކާތްތަށް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުމެވެ.

މި ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.