ސަރުކާރުގެ ނުވަ ކުންފުންޏެއް އުވާލަން ނިންމައި، ފިނޭންސް މިނިސްޓްރީން އެކަން އިއުލާން ކޮށްފިއެވެ.

ސަރުކާރުގެ އުވާލަން ކުރިން އިއުލާނުކުރި 17 ކުންފުނީގެ ތެރެއިން ނުވަ ކުންފުންޏެއް އުވާލާފައިވާއިރު، އިތުރު 8 ކުންފުންޏެއް އުވާލުމުގެ މަރުހަލާގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކަކީ ފެލިވަރު ފިޝަރީސް، ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް، މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)، ވޯކްސް ކޯޕަރޭޝަން، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް، މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ގަން އެއާޕޯޓް ކޮމްޕެނީ، ހަޒާނާ މޯލްޑިވްސް ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީއެވެ.

ސަރުކާރު ހިއްސާވާ 31 އަށްވުރެ ގިނަ ކުންފުނި އޮތް ނަމަވެސް ސަރުކާރަށް ފައިދާވަނީ މަދު ކުންފުންޏަކުންނެވެ.