މުޅިން އަލަށް ހެލްތު ދާއިރާ ހިމޭނޭގޮތަށް ވިލާ ކޮލެޖްގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އެކޮލެޖުން ބޭވި މައުލޫމާތު ދިނުމުގެ ބަދަލުވުމުގައި، މައިގަނޑު 5 ކެޓެގަރީއެއްގެ ދަށުން މިފަހަރު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިލާ ކޮލެޖްގެ ވައިސް ޑިރެކްޓަަރ ޑރ އަލީ ނަޖީބް ވިދާޅުވިިއެވެ.

މިއަހަރު ވިލާ ކޮލެޖުން ދެނީ، ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް ކެޓެގަރީން ފައުންޑޭޝަން ލެވެލްގެ 1 ފުރުސަތާއި، އެންޑަރ ގެރެޖުއޭޝަންގެ 1 ފުރުސަތާއި އަދި މާސްޓަރ ޑިގްރީގެ 1 ފުރުސެތެވެ.

މީގެއިތުރުން، ވިލާ އިންޓެރނޭޝަނަލް ސްކޫލް އޯޕަން ކެޓްގަރީގެ 2 ފުރަސަތު ދިނުމަށް ހަމަޖެހިފައިވާއިރު 3 ވަނަ ކެޓްގަރީއަކީ ވިލާ ކޮލެޖް އެލުމްނައި ކެޓްގަރީއެވެ.

އެ ކެޓްގަރީއަކީ ވިލާ ކޮލެޖުން ކިޔަވައި ނިމިފައިވާ ކުދިންނަށް ހާއްސަ ކެޓްގަރީއެއް ކަމުން މިކެޓެގަރީގެ ދަށުން މާސްޓަރސްގެ 1 ފުރުސަތު އަދި އެންޑަރ ގްރެޖުއޭޝަންގެ 1 ފުރުސަތުވަނީ ހުޅުވާލާފައެވެ.

4 ވަނަ ކެޓެގަރީއަކީ ވިލާ ކޮލެޖްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަރޝިޕް ކެޓްގަރީއެވެ.

މި ކެޓްގަރީއަކީ ވިލާ ކޮލެޖްގެ ކެމްޕަސްތައް ހުންނަ ރަށްރަށުގައި ކައުންސިލް ނުވަތަށް ހިލޭ ސާބަހަށް މަސަކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ވިލާ ކޮލެޖުން ކުރިޔާށްގެންދާ ކެޓެގަރީ އެކެވެ.

5 ވަނަ ކެޓެގަރީއަކީ ވީލާ ކޮލްޖުން މުޅިން އަލަށް ތައާރަފްކުރާ ހެލްތް ދާއިރާއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ 14 އޮކްޓޯބަރ 2021 ވަނަ ދުވަހެވެ.